You are here: Home » Chapter 24 » Verse 64 » Translation
Sura 24
Aya 64
64
أَلا إِنَّ لِلَّهِ ما فِي السَّماواتِ وَالأَرضِ ۖ قَد يَعلَمُ ما أَنتُم عَلَيهِ وَيَومَ يُرجَعونَ إِلَيهِ فَيُنَبِّئُهُم بِما عَمِلوا ۗ وَاللَّهُ بِكُلِّ شَيءٍ عَليمٌ

ދިވެހި (Dhivehi)

ދަންނާށެވެ! ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެތި މިލްކުވެގެންވަނީ، اللَّه އަށެވެ. ތިޔަބައިމީހުން އެގޮތެއްގެ މަތީގައި ތިބިގޮތް ހަމަކަށަވަރުން، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ حضرة އަށް އެއުރެން އެނބުރިދާ ދުވަސްވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެއުރެންކުރި عمل ތަކުގެ ވާހަކައިން އެކަލާނގެ އެއުރެންނަށް خبر އަންގަވާނެތެވެ. اللَّه އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.