You are here: Home » Chapter 2 » Verse 89 » Translation
Sura 2
Aya 89
89
وَلَمّا جاءَهُم كِتابٌ مِن عِندِ اللَّهِ مُصَدِّقٌ لِما مَعَهُم وَكانوا مِن قَبلُ يَستَفتِحونَ عَلَى الَّذينَ كَفَروا فَلَمّا جاءَهُم ما عَرَفوا كَفَروا بِهِ ۚ فَلَعنَةُ اللَّهِ عَلَى الكافِرينَ

ދިވެހި (Dhivehi)

އަދި އެއުރެންނާ އެކުގައިވާ ފޮތްތައް (އެބަހީ: توراة އާއި إنجيل) ގަބޫލުކޮށް ތެދުކުރާގޮތުގައި اللَّه ގެ حضرة ން އެއުރެންނާހަމަޔަށް ފޮތެއް (އެބަހީ: قرآن) އައިހިނދު (އެފޮތް އެއުރެން ދޮގުކުރޫއެވެ.) އޭގެ ކުރިން، އެއުރެން، كافر ވެގަތް މީސްތަކުންގެ މައްޗަށް نصر އެދޭކަމުގައި ވޫއެވެ. ދެން އެއުރެންނަށް އެނގިފައިވާ حق ގޮތް އެއުރެންނާހަމަޔަށް އައިހިނދު އެއަށް އެއުރެން كافر ވޫއެވެ. ފަހެ، كافر ންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.