ފޮތުގެ أهل ވެރިންގެ ތެރެއިން ގިނަމީހުން، އެއުރެންނަށް حق ބަޔާންވެ އެނގުމަށްފަހުގައި، އެއުރެން އަމިއްލައަށް حسد ވެރިވެގެން، ތިޔަބައިމީހުން إيمان ވުމަށްފަހު އަލުން އަނބުރާ كافر ކަމަށް رجوع ކުރެވޭނެނަމައޭ ހިތައި އެކަމަށް އެދުނެވެ. ފަހެ، (އެއުރެންނާމެދުގައި ކަން ކުރަންވީގޮތް ބަޔާންކުރައްވައި) اللَّه ގެ أمر ފުޅު ފޮނުއްވައިފުމަށް ދާންދެން (އެއުރެންނަށް) ތިޔަބައިމީހުން މާފުކޮށް ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.