كافر ވި މީސްތަކުންނަށް ދުނިޔޭގެ ދިރިއުޅުން ޒީނަތްތެރި ކުރެއްވިއެވެ. އަދި إيمان ވި މީސްތަކުންނަށް އެއުރެން މަލާމާތްކޮށް އުޅެތެވެ. تقوى ވެރިވި މީހުން قيامة ދުވަހުން ވާހުށީ، އެއުރެންނަށްވުރެން މަތީގައެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ވަކި މިންވަރެއްނެތި رزق ދެއްވަތެވެ.