بيان ވެގެންހުރި ހެކިތަކުގެ ތެރެއިން ކިިތައް ކިތައް ކަންތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާފައިވޭތޯ، ކަލޭގެފާނު إسـرآءيـل ގެދަރިންނާ سؤال ކުރައްވައި ބައްލަވާށެވެ! اللَّه ގެ نعمة އެމީހަކަށް ލިބުމަށްފަހު، އެ نعمة ބަދަލުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.