އެއުރެން އެނބުރި ފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެއުރެންނަށް معجزة އެއް ގެނެސް ދެއްވުމަށްޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެކަންކުރައްވައި ބައްލަވާށެވެ! (އެބަހީ: ކަލޭގެފާނަކަށް އެކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ اللَّه ގެ حكم ފުޅު އަތުވެއްޖައުމަށް ދާނދެން ކެތްކުރެއްވުމެވެ.) اللَّه އިރާދަކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެއުރެން އެއްކުރައްވައިފީހެވެ. ފަހެ، ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!