ދެން އެ ދެމީހުން ފާފަވެރި ވެއްޖެކަމަށް ފެނިއްޖެނަމަ، އެދެމީހުންގެ مقام ގައި، އެހެން ދެމީހުން قائم ވާނީއެވެ. (އެއީ) އެބަޔަކަށް وصية حق ވެގެންވީ މީހުންގެ ތެރެއިން، މަރުވި މީހާއާ އެންމެގާތް ދެމީހެކެވެ. ދެން އެ ދެމީހުން، اللَّه ގަންދީ ހުވާކުރާނީއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ހެކިބަސް އެދެމީހުންގެ ހެކިބަހަށްވުރެ ތެދުކަން ބޮޑުކަމަށާއި، ތިމަންމެން ހައްދުފަހަނަޅައި ނުދާކަމަށެވެ. އެހެން އެކަންކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންމެން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ.