ފޮތުގެ أهل ވެރިންގެ ތެރެއިން ބަޔަކު (އެއުރެންގެ އަނެއްބަޔަކާ ދިމާޔަށް) ބުންޏެވެ. إيمان ވި މީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) ދުވާލުގެ ކުރީކޮޅުގައި ތިޔަބައިމީހުން إيمان ވާށެވެ! ދެން، އެދުވަހުގެ ފަހުކޮޅުގައި ތިޔަބައިމީހުން (އެޔަށް) كافر ވާށެވެ! އެއީ، އެއުރެން (އެބަހީ: مؤمن ން އެއުރެންގެ دين ން) އެނބުރި رجوع ވޭތޯއެވެ!