137قَد خَلَت مِن قَبلِكُم سُنَنٌ فَسيروا فِي الأَرضِ فَانظُروا كَيفَ كانَ عاقِبَةُ المُكَذِّبينَދިވެހި (Dhivehi)(އެކިއެކި أمّة ތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ!