އެއުރެންގެ نفس ތައް އެކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއީ، اللَّه ބާވައިލެއްވި ތަކެއްޗަށް (އެބަހީ: قرآن އަށް) އެއުރެން كافر ވުމެވެ. (އެއުރެން އެ كافر ވީ) اللَّه ގެ فضل ވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް حسد ވެރިވުމުގެ ގޮތުންނެވެ. ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެއުރެން އެނބުރި އަތުވެއްޖައޫއެވެ. އަދި كافر ންނަށް ހުރީ އިހާނަތްތެރިކަން ދެނިވި عذاب އެވެ.