(فكر ކުރަންވީ) ދުނިޔެއާއި آخرة އާ މެދުގައެވެ. އަދި يتيم ންނާ މެދުގައި އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ ކަންތައްތައް إصلاح ކުރުމީ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުން އެއުރެންނާ ގުޅިގެން އުޅޭނަމަ އެއުރެންނީވެސް ތިޔަބައިމީހުންގެ أخ ންނެވެ. އަދި إصلاح ކުރާ މީހުންނާއި ފަސާދަކުރާ މީހުން، اللَّه ދެނެވޮޑިގެންވެއެވެ. اللَّه އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް ދަތިކުރައްވައިފީހެވެ. ހަމަކަށަވަރުން اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.