އަދި تبع ވިމީހުން ބުނޫއެވެ. ތިމަންމެންނަށް އަލުން ދުނިޔެއަށް އަދި އެއްފަހަރު އެނބުރި ދިޔުމެއް ލިބޭނެ ނަމައެވެ. (އެއީ) ތިމަންމެންގެ ކިބައިން ބަރީއަވެގަތް ފަދައިން، ތިމަންމެންވެސް އެއުރެންގެ ކިބައިން ބަރީއަވެގަތުމަށެވެ. އެއުރެންގެ عمل ތަކަކީ، އެއުރެންގެ މައްޗަށްވާ ހިތާމަތަކެއް ކަމުގައި اللَّه އެއުރެންނަށް ދައްކަވަނީ އެފަދައިންނެވެ. އަދި ނަރަކައިގެ ތެރެއިން ނުކުންނާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ.