އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ!