އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ.