87لا يَملِكونَ الشَّفاعَةَ إِلّا مَنِ اتَّخَذَ عِندَ الرَّحمٰنِ عَهدًاދިވެހި (Dhivehi)رحمن ވަންތަ ރަސްކަލާނގެ حضرة ގައި عهد އެއް ހިފާފައިވާ މީހަކަށް (އެކަލާނގެ إذن ދެއްވުމުން) މެނުވީ، އެއުރެންކުރެ އެކަކަށްވެސް شفاعة ތެރިވުމުގެ ބާރެއް ލިބިގެނެއްނުވެތެވެ.