64وَما أَنزَلنا عَلَيكَ الكِتابَ إِلّا لِتُبَيِّنَ لَهُمُ الَّذِي اختَلَفوا فيهِ ۙ وَهُدًى وَرَحمَةً لِقَومٍ يُؤمِنونَދިވެހި (Dhivehi)އަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ.