ފަހެ، އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ ކީއްވެހޭ، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި ملائكة އަކު ވަޑައިނުގަތީކީއްވެހޭ، އެއުރެން ބުނެފާނެކަމަށްޓަކައި، ކަލޭގެފާނަށް وحى ކުރައްވާ ތަކެތިން ބައެއް، ކަލޭގެފާނު ދޫކޮށްލައްވައިފާނެ ހެއްޔެވެ؟ (އެބަހީ: ދޫކޮށެއްނުލައްވާނެތެވެ.) އަދި އެ ތަކެތި ކިޔަވައި ވިދާޅުވުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެސްވެދާނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި اللَّه އީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ.