101قُلِ انظُروا ماذا فِي السَّماواتِ وَالأَرضِ ۚ وَما تُغنِي الآياتُ وَالنُّذُرُ عَن قَومٍ لا يُؤمِنونَދިވެހި (Dhivehi)ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި إيمان ނުވާ ބަޔަކަށް آية ތަކުންނާއި، إنذار ކުރައްވާ رسول ންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ.